ބިންހެލުމުން ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން މި ވަގުތު ބައިނަލްއަގުވާމީ ދުނިޔޭގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ތުރުކީ އަށް ސްރީ ލަންކާ އިން އެހީގެ ގޮތުގައި ސައިފަތް ހަދިޔާކޮށްފި އެވެ.
މި އެހީ އިއްޔެ ވަނީ ލަންކާގައި ހުމްނަ ތުރުކީ އެއްބަސީއާ ހަވާލުކޮށްފަ އެވެ. އެމްބަސީގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ތުރުކީން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދެމެތު ސިކަސިއޯލޫ އާއި ތުރުކީގެ ފޮރިން މިނިސްޓްރީގެ އިމަޖެންސީ ރެސްޕޮންސްގެ ޑިރެކްޓަ ޖެނެރަލް އޯއެލް އަމީރު އަޖުވަދެވެ.
#SriLanka donated the first consignment of #CeylonTea as a gesture of goodwill to the victims of the devastating earthquakes in #Türkiye. The donation was handed over to the Türkiye Ambassador in Colombo by @MFASriLanka on 10 February 2023.@alisabrypc @TharakaBalasur1 pic.twitter.com/ZpnjCJyKgY
— MFA SriLanka 🇱🇰 (@MFA_SriLanka) February 10, 2023
ތުރުކީ އަށް ލަންކާ އން ސައިފަތް ހަދިޔާކުރަން ނިންމީ އެ ގައުމުގެ ސިލޯން ޓީ އެކްސްޕޯޓާސްއާ ގުޅިގެންނެވެ. އެގޮތުން ތުރުކީ އަށް ސައުފަތުގެ އެހީ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ލަންކާގެ ފޮރިން މިނިސްޓްރީ އާއި ބޮޑުވަޒީރުގެ އޮފީހުގެ އިތުރުން ސްރީ ލަންކާ ޓީ ބޯޑުން ބައިބެރިވި އެވެ.
ލަންކާ އަކީ ސައިފަތް ހެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގައުމެވެ.
މިދިޔަ ހަފުތާހެ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާ އަށް އައި ވަރުގަދަ ބިންހެލުންތަކާ ގުޅިގެން މިހާތަނަށް 23،700 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވީ ތުރުކީންނެވެ. އަދި އެތައް ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފަ އެވެ.