Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕޮލިސް ސްޓޭޝަނަކަށް ގެއްލުން ދިން މީހަކު ހައްޔަރު

ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންހެ ބިއްލޫރިގަނޑެއް ގާބުރިއަލުން ޖަހައި ތަޅާލި މީހަކު ހައްޔަރުކޮށްފި އެވެ.

އިއްޔެ ހެނދުނުގެ ހާދިސާގައި ފުލުހަކަށް އަނިޔާ ވެސް ވެފައިވާ އިރު، އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 21 އަހަރުފެ ފިރިހެނެކެވެ. އޭނަ ހައްޔަރުކޮށް މައްސަލަ އިތުރަށްް ތަހުގީގުކުރަމުން ދިޔަ ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން ބުނި ގޮތުގައި ގާބުރިއެއް އެއްލައި ބިއްލޫރިގަނޑެއް ތަޅާލި ހާދިސާގައި އަނިޔާވި ފުލުސް މީހާ އަށް ހޮސްޕިޓަލުން ފަރުވާ ވެސް ދީފައިވެ އެވެ.