Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެފްކޮންސްގެ މުވައްޒަފުންތަކެއް އިހުތިޖާޖު ކުރަނީ

އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާ އެފްކޮންސް ކުންފުނީގެ މުވައްޒަފުންތަކެއް އިހުތިޖާޖުކުރަން ފަށައިފި އެވެ.

މިކަމާ ގުޅޭ މައުލޫމަތު އެނގޭ ބައެއް މީހުން "އައްޑޫ ލައިވް" އަށް ބުނީ މި މައްސަލައަކީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގޮތަށް، މުސާރައިގެ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު މިއީ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް ކުއްލި ގޮތަކަށް ފުރަން ޖެހުމުން ވިސާ ނުލިބިގެން ދިމާވި މައްސަލައެއް ކަމަށް ބުންޏެވެ.

އެހެންވެ މި މައްސަލަ ހައްލު ކުރުމަށް މިހާރު ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.

އައްޑޫގެ މަގު ހެދުމުގެ މަސައްކަތުގައި އެފްކޮންސްގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވެ އެވެ.