Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

މުރައިދޫ ފެރީ ސްޓޮޕް ނިމިއްޖެ

ހއ. މުރައިދޫ ގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތައް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާހާނާވެސް ހުންނާނެ ކަމަށެވެ.

މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެކެވެ.

އާރްޓީއެލްގެ ދަށުން ރާއްޖޭގެ ރަށްތައް ގުޅުވާލަމުން އަންނައިރު މިފަދަ ފެރީ ސްޓޮޕްތައް އެކި ރަށްރަށުގައި ގާއިމުކޮށްފައިވެއެވެ.