ދެ އަންބަށް މީހުންނާ އިންނަން ވާނީ އެކަމަށް ކުފޫ ހަމަވާ މީހުން ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ކައިވެނީގެ ހަފުލާތާތަކަށް ހާއްސަކޮށް ތާރި ހިމެނޭ މަދަހަ އަލްބަމެއް "ކައިވެނި" ގެ ނަމުގައި މި މަހުގެ 18 ގައި ރިލީޒްކުރަން ތައްޔާރުވަމުން ގެންދަވާ ޝެއިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ އަންބަށް އިނުމަކީ އިސްލާމް ދީން ހުއްދަ ވެސް ކުރާ ކަމެއް ކަމަށެވެ.
2 އަންބަށް އިނުމަކީ އިސްލާމްދީން ހުއްދަކުރާކަމެއް! އެކަމަށް ފައިނަގަންވާނީ އެކަމަށް ކުފޫހަމަވާ މީހާކު! ހަށިގަނޑުގައި ވަރުހުރި، ފައިސާގެ ގޮތުން އެމުޖުތަމަޢެއްގެ މެދުމިނުގެ މިންގަނޑުން ޚަރަދު ކުރެވޭނެފަދަ ޢަދުލުވެރިވެވޭނެ ކަމުގެ އިތުބާރު އޮތް މީހަކު! ކުފޫހަމަވަންޏާ ހަމައިންނަންވީ!
— Ali Zaid (@alizaid1000) February 11, 2023
"[އެކަމަކު] އެކަމަށް ފައި ނަގަންވާނީ އެކަމަށް ކުފޫހަމަވާ މީހަކު. ހަށިގަނޑުގައި ވަރުހުރި، ފައިސާގެ ގޮތުން އެ މުޖުތަމަޢެއްގެ މެދުމިނުގެ މިންގަނޑުން ޚަރަދު ކުރެވޭނެ ފަދަ ޢަދުލުވެރިވެ ވޭނެކަމުގެ އިތުބާރު އޮތް މީހަކު." ޒައިދު ވިދާޅުވި އެވެ.
އެހެންވެ ކުފޫ ހަމަވަންޏާ ދެއަންބަށް ހަމަ އިންނަންވީ ކަމަށް އޭނާ ވިދާޅުވި އެވެ. އިސްލާމް ދީނުގައި ފިރިހެނުންނަށް ހަތަރު އަނބިން ހުއްދަވެގެންވެ އެވެ.
ރާއްޖެ އަކީ ނިސްބަތުން ވަރި ގިނަ ގައުމެކެވެ.