Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ސަމަދު ހިފެހެއްޓި މައްސަލަ ބަލަން ފަށައިފި

ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓި މައްސަލަ ސާފުކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

11 ފެބްރުއަރީ 2023ގައި އިންޑިއާގެ ބެންގަލޫރުން ސަމަދު ހިފެހެއްޓި މައްސަލައިގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ބެންގަލޫރުގައި ހުރި ދިވެއްސަކު 11 ފެބްރުއަރީ 2023ގައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ސަމަދަކީ އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.