Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ދެ ފުލުހަކަށް އަނިޔާ ކުރި މީހަކު ހޯދަނީ

ރޭ، އައްޑޫ ސިޓީގައި ދެ ފުލުހަކަށް ހަމަލާ ދިނުމަށްފަހު ގެއްލުން ދީފައިިވާ ސައިކަލް - ފޮޓޯ: އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން

ހިތަދޫގައި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ ދެ ފުލުހަކަށް ހަމަލާދީ، ފުލުހެއްގެ ސައިކަލަށް ގެއްލުން ދިން މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށް އިތުރު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ރޭ ދަންވަރު 00:05 ހާއިރު ހިތަދޫގައި 2 ފުލުހަކަށް ހަމަލާދިން މައްސަލައާއި ގުޅިގެން ފފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަަހަރުގެ ފިރިހެނެކެވެ. ނަމަވެސް އެމީހުންގެ ނަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފުލުހުން ބުނީ ހާދިސާގައި އަނިޔާވި ދެ ފުލުހުން ރޭ ހިތަދޫގެ މަގެއްގެ ކަންމަތީގައި ގްރޫޕް ހަދައިގެން ތިބި ބަޔަކަށް ގްރޫޕް ހަދައިގެން ނުތިބުމަށް ނަޞޭޙަތްތެރިވެ އެ ސަރަޙައްދުން ދިއުމަށް އިލްތިމާސް ކުރިކަމަށެވެ. އަދި ދެވަނަ ފަހަރު ސަރަޙައްދަށް ގޮސް އެމީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފުލުހުންނަށް ހަމަލާދި މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އަދި ފުލުހުން ދުއްވި ސައިކަލްގެ ހެޑް ލައިޓާއި މިޓަރު ބޯޑް ތަޅާލައި ސައިކަލްގެ ކަވަރު ސެޓަށް ގެއްލުން ދިނުމުގެ އިތުރުން އެއް ފުލުހެއްގެ ފޯނުގެ ސްކްރީންވެސް ވަނީ ހަލާކު ކޮށްލާފައެވެ.

މި ހާދިސާގައި އަނިޔާވި ދެ ފުލުހުންނަށް ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފައިވާ އިރު
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 19 އަހަރުގެ މީހާއަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގެ ރެކޯޑުވެސް އޮންނަ މީހެކެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 20 އަހަރުގެ މީހާއަކީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި 2013 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެކެވެ.

މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 27 އަހަރުގެ މީހާއަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅި މައްސަލައެއްގެ ރެކޯޑް އޮތް މީހެކެވެ.

ދެ ފުލުހަކަށް ހަމަލާދީ ފުލުހެއްގެ ސައިކަލަށް ގެއްލުންދިން މައްސަލަ އަޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.