Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫ އެކްސިޑެންޓެއްގައި މީހަކު ސީރިއަސް

ފޭދޫގައި ހިނގި އެކްސިޑެންޓުގައި ކާރަށް ގެއްލުން ވެފައި / ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ފޭދޫގައި ކަރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން މީހާ އަށް ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.

އެކްސިޑެންޓާއި ގުޅިގެން އައްޑޫ ލައިވް އަށް ފުލުހުން ބުނީ މިއަދު ހެނދުނު ވަގުތެއްގައި ކާރަކާއި ސައިކަލެއް ޖެހިގެން ފޭދޫގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 19 އަހަރު ފިރިހެނަކަށެވެ. ފުލުހުން ބުނީ އޭނާ އެކްސިޑެންޓު ހިނގައިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް އޭއީއެޗް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭއީއެޗުން ބުނީ ހެނދުނުގެ ވަގުތެއްގައި އެކްސިޑެންޓެއް ވެގެން ފިރިހެނަކު ހޮސްޕިޓަލަށް ގެނައި ކަމަށާއި، އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާގެ އަތްވެސް ފްރެކްޗަރ ވެފައިވާ ކަމަށާއި، ސީޓީ ސްކޭން ހަދާފައިވާއިރު އޭނާގެ ހާލަތު ރަނގަޅު ކަމަށް ދައްކާ ކަމަށް އޭއީއެޗްއިން މައުލޫމާތު ދެއެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފު ނުވިނަމަވެސް، އެކްސިޑެންޓުގައި ކާރު ދުއްވަން އިން ފަރާތާއި ސައިކަލު ދުއްވަން އިން މީހާއަކީ ވެސް އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް ދެމީހުން ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.