Last Updated: June 29, 06:08
Monday, June 29, 2026
ކުޅިވަރު

ޔަޝީ އަދި ޕްރޯ ފައިވް ފައިނަލަށް

އައްޑޫގައި މިހާރު ފޯރިއާއި އެކު ކުރިއަށްދާ ސައުތު ރީޖަން 5 ވަނަ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް ޕްރޯ ފައިވް އާއި ޔަޝީ ގޮސްފިއެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ސަބަތު ކެފޭ އާއި ވާދަކޮށް ފޯރިގަދަ ކުޅުމަކަށް ފަހު ސީދާ 3 ސެޓުން މެޗް ކާމިޔާބް ކުރީ ޕްރޯފައިވްއެވެ.

ރޭގެ ސެމީ ދެވަނަ މެޗް ޔަޝީ ކާމިޔާބް ކުރީ ކަސްޓަމްސް ރެކްރިއޭޝަން ސީދާ 3 ސެޓުން ދެރަކޮށްގެންނެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މެއިން ސްޕޮންސާކޮށް ފައިވާ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ. މާދަމާ ރޭ އަންހެން ފައިނަލް ވެސް ކުޅޭނެއެވެ.

ޖުމްލަ 7 ޓީމަކުން ވާދަ ކުރި މި މުބާރާތް ފަށާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.