Last Updated: July 27, 11:42
Monday, July 27, 2026
މުނިފޫހިފިލުވުން

"ބިގް ބޮސް 16" ގެ ޓްރޮފީ ސްޓޭން އަށް

ކަލާޒްގެ ރިއަލިޓީ ޝޯ، "ބިގް ބޮސް 16" އެމްސީ ސްޓޭން ކާމިޔާބުކޮށްގެން ރޭ ނިންމާލައިފި އެވެ.

ރެޕާއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރުކަން ހޯދި ފަންނާނު މުބާރާތް ކާމިބާކުރުންވީ އޭނަގެ އިތުރަށް ޝޯ ފޮލޯކުރަމުން ދިޔަ އެތައް ބަޔަކަށް ވެސް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. ސަބަބަކީ ގަދަ ފަހެކަށް ދިޔަ އިރު ވެސ، ސްޓޭން ޝޯ ކާމިޔާބުކޮށްފާނެ ކަމަށް އެއްވެސް ބަޔަކު އުންމީދެއް ނުކުރުމެވެ.

ގިނަ ބަޔަކު ލަފާކޮށްގެން ތިބީ "ބިގް ބޮސް 16" ކާމިޔާބުކުރާނީ ޓީވީ ބަތަލާ ޕްރިޔަންކާ ޗަހާރް ޗައުދަރީ އާއި "ބިގް ބޮސް މަރާޓީ" ސީޒަން ދޭއް ކާމިޔާބުކުރި ޝިވް ތާކްރޭގެ ތެރެއިން އެކަކު ކަމަށެވެ. ހާއްސަކޮށް ގިނަ ބަޔަކު ގަބޫލުކުރީ ޝޯގެ ޓްރޮފީ އުފުލައިލާނީ ޕްރިޔަންކާ ކަމަށެވެ.

ނަމަވެސް ކުރިން އުންމީދުކުރި ގޮތާ ހިލާފަށް ސްޓޭޝަން ޝޯ ކާމިޔާބުކޮށް 31 ލައްކަ ރުޕީސް އާއި ކާރެއް އިނާމެއްގެ ގޮތުގައި ވަނީ ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ގައި ފެށި "ބިގް ބޮސް 16" ގެ ގަދަ ފަހެކަށް ވާދަކުރީ ސްޓޭން އާއި ޕްރިޔަންކާގެ އިތުރުން ޓީވީ އެކްޓަރު ޝާލިން ބެނޮޓްގެ އިތުރުން އަރްޗަނާ ގޯތަމެވެ.

"ބިގް ބޮސް" އަކީ ބޮލީވުޑްގެ ތަރި ސަލްމާން ޚާން ހޯސްޓްކުރާ ޝޯއެކެވެ.