Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އައްޑޫގައި ކަލްޗަ ސެންޓަރެއް ހަދަނީ

އައްޑޫގެ ފެހެލަކިޅި ސަރަހައްދުގައި ހަދަން ނިންމާފައިވާ ދެކުނުގެ އާޓްސް އެންޑް ކަލްޗަ ސެންޓަރުގެ ކޮންސެޕްޓު ތައްޔާރުކުރާނެ ބަޔަކު ހޯދަން އާޓްސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އާޓްސް މިނިސްޓްރީގައި އޮންނާނެ އެވެ.

އެ މިނިސްޓްރީން ބުނީ މި މަސައްކަތްދޭން ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފުރުސަތު އޮންނާނެ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3036999 ނަމްބަރުން ހޯދޭނެ އެވެ.