Last Updated: June 14, 09:25
Sunday, June 14, 2026
ޚަބަރު

ހިލޭ ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކެއް

މާލޭގެ މިސްކިއްތަކެއްގައި ޤުރުއާން ހިތުދަސް ކްލާސްތަކެއް ހިންގުމަށް ކައުންސިލުން އުޔޫން އިންސްޓިޓިއުޓާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ރައީސް ޑރ. އަލީ ޒާހިރެވެ.

ކައުންސިލުން ބުނީ މާލޭގެ މިސްކިތްތަކުގައި ހިންގަން ނިންމާފައިވާ ޤުރުއާން ކްލާސްތަކަކީ އުޔޫން އިންސްޓިޓިއުޓްގެ އަމިއްލަ އިސްނެގުމަށް ކުރިއަށް ނިންމި ކަމެއް ކަމަށެވެ. އެގޮތުން އެ ޖަމިއްޔާއިން މާލޭގެ ހަތަރު މިސްކިތެއްގައި ކްލާސްތައް ނަގައިދޭން ހަމަޖެހިފައިެވ އެވެ.

މިއީ ހިލޭ ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކްލާސްތަކެކެވެ.