Last Updated: July 27, 11:42
Monday, July 27, 2026
މުނިފޫހިފިލުވުން

ރިއާނާ އިނީ އަނެއްކާ ވެސް ބަލިވެ!

ފުރަތަމަ ދަރިފުޅަށް އަހަރު ވެސް ނުވަނީސް މަޝްހޫރު ލަވަކިތުންތެރިޔާ ރިއާނާ ދެވަނަ ކުއްޖަކަށް ބަލިވެއިނދެފި އެވެ.

ބާބެޑޯސް އަށް އުފަން ލަވަކިޔުންތެރިޔާގެ ތަރުޖަމާނު ރޭ ޕީޕަލް އަށް އެކަން ކަށަވަރުކޮށް ދިން ނަމަވެސް މާ ބޮޑު ތަފުސީލެއް ނުދެ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އަންހެން ފަންނާނުންގެ ތެރޭގައި ހިމެނޭ ރިއާނާ، 34، އަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ރިއާނާ އާއި ބައިވެރިޔާ އެމެރިކާގެ ރެޕާ އޭސަޕް ރޮކީ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

"ފެންޓީ" ގެ ނަމުގައި އަމިއްލަ ފެޝަނާއި ކޮސްމެޓިކް ބްރޭންޑެއް ވެސް ހިންގަމުން އަންނަ ރިއާނާގެ އެންމެ ފަހުގެ އަލްބަމަކީ 2016 ގެ "އެންޓި" އެވެ. މިދިޔަ އަހަރު ނެރުނު "ބްލެކް ޕެންތާ" ގެ ސީކްއެލް "ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ" އަށް ރިއާނާ ކިޔައިދިން ލަވަ "ލިފްޓް މީ އަޕް" އަކީ މި އަހަރުގެ އޮސްކާ އާއި ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އޮރިޖިނަލް ލަވަ ވާދަކުރި ލަވައެކެވެ.