Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އަންހެނުންގެ ބާރުވެރިކަމާ ގުޅޭ ދިރާސާއެއް

ރާއްޖޭގެ އަންހެނުންގެ ބާރުވެރިކަމ ާ ގުޅޭ ދިރާސާއެއްގެ މަސައްކަތް ފަށައިފި އެވެ.

އިގުތިސާދީ ފުދުންތެރިކަމާއި ސިޔާސީ ގޮތުން އަންހެނުން ބާރުވެރި މިންވަރު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދާ މި ސާވޭ އަކީ މަދަނީ ޖަމިއްޔާ، ވިމެން އެންޑް ޑިމޮކްރަސީގެ ބެލުމުގެ ދަށުން އަދި އަންހެނުންގެ ކުރިއެރުމަށް ވަކާލާތުކުރާ ވިމެން އޮން ބޯޑްސްއާ ގުޅިގެން ކުރިއަށް ގެންދާ ދިރާސާއެކެވެ.

މި ދިރާސާ ހަދަނީ ނެޝަނަލް ޑިމޮކްރަޓިކް އިންސްޓިޓޫޓް (އެންޑީއައި) ގެ މާލީ އެހީތެރިކަމާ އެކީގަ އެވެ.

ވިމެން އެންޑް ޑިމޮކްރަސީން ބުނީ ދިވެހި މުޖްތަމައުގައި އަންހެނުންގެ ހައިސިއްޔަތު އެހާރާއި މިހާރަށް ބަލާ އިރު އެތައްތަނެއް ވަނީ ކުރިއަރައި، ވަޒީފާގެ މައުހައުލުގަ އާއި އެ ނޫން ތަންތާގައި އަންހެނުންގެ ދައުރު އަންނަނީ ފުޅާވަމުން ކަމަށެވެ. އެގޮތުން މީގެ ދެ އަހަރެއްހާ ދުވަސް ކިުރިން 2021 ގްލޯބަލް ޖެންޑާ ގެޕް އިންޑެކްސްއިން ވެސް ދައްކާ ގޮތުގައި ރާއްޖޭގެ ތައުލީމީ ދާއިރާގައި މިންތީ ތަފާތުކުރުން ނައްތާލެވިފައިވެ އެވެ. އަދި ސިއްހީ ދާއިރާގައި މިންތީ ތަފާތުކުރުމުގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވެ އެވެ.

ނަމަވެސް ސިޔާސީ އަދި އިގުތިސާދީ ދާއިރާ އިން ރާއްޖޭގައި މިންތީ ތަފާތުތައް އަދިވެސް ބޮޑު ކަމަށެވެ. އެހެންވެ މި ދިރާސާގައި މައިގަނޑު ގޮތެއްގައި އަލިއަޅޫވާނީ އެ ދެ ދާއިރާ އަށް ކަމަށް މި ފަހަރު އެ ޖަމިއްޔާއިން އިސް ނަގައިގެން ކުރިއަށް ގެންދާ ދިރާސާގެ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށް ވިމެން އެންޑް ޑިމޮކްރަސީން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާނީ ދައުލަތުގެ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭންގެ ދަށުން ހުރި ބައެއް ކަންކަން ތަންފީޒު ކުރެވިފައިވާ މިންވަރު ނިސްބަތުން ދެނެގަތުމުގެ މައްޗަށެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ދިރާސާގައި ސަރުކާރުގެ ޖުމްލަ 14 އިދާރާއަކުން މައުލޫމާތު ހޯދައި އެ މައުލޫމާތުގެ މަށްޗަށް ތަފާސްހިބުތައް އަންދާޒާ ކުރެވޭނެ ކަމަށް ވިމެން އެންޑް ޑިމޮކްރަސީން ބުންޏެވެ.