Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ބިދޭސީ މުވައްޒަފުން ފުރަން ހެލްތުގެ ހުއްދަ ލާޒިމު

ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖޭން ބޭރަށް ދިޔުމުގެ ކުރިން ހެލްތު މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސަން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބޭރުގެ ބައެއް ޑޮކްޓަރުން އެއްވެސް އެއްޗެއް ނާންގައި ފިލާ މައްސަލަ ބޮޑެވެފައިވާތީ އެކަން ހައްލު ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން އިމިގްރޭޝަނާ ވެސް މަޝްވަރާކޮށްފައިވެ އެވެ.

އެ މިނިސްޓްރީން މިހާރު ނިންމާފައި އޮތީ ސިއްހީ ދާއިރާގެ ބިދޭސީ މުވައްޒަފުން ފުރާ ނަމަ އެ މިނިސްޓްރީގެ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް މިނިސްޓްރީ އަށް އެކަން އަންގައި، ހުއްދަ ލިބިގެން މެނުވީ ނުފުރޭ ގޮތަށް ހަމަޖައްސެމުށެވެ. އަދި މި އުސޫލު ރާއްޖޭގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ ބިދޭސީ ހުރިހާ ގިންގިއެއްގެ މުވައްޒަފުންގެ މައްޗަށް ހިނގާނެ އެވެ.