ރޭ މާލޭގައި މާރާމާރީއެއް ހިނގާ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނިީ ހެންވޭރު އަސްރަފީ މަގުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް ރޭ ދަންވަރު 03:00 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެހެންނަމަވެސް މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މިފަހުން މާލޭގައި ސިލްސިލާ މާރާމާރިތަކެއް ހިނގަމުން އަންނައިރު މިފަހުން ހިނގި މާރާމާރީގެ މައްސަލައެއްގައި 12 މީހަކު ހައްޔަރުކޮށް 8 މީހެއްގެ ބަންދު ޖަހާފައިވެއެވެ. އަދި މާލޭގެ ދެ ތަނެއް ބަލާފާސްކޮށް މާރާމާރި ހިންގުމަށް ބޭނުންކުރާ ތަކެތިވެސް ހޯދާފައިވެއެވެ.