Last Updated: July 27, 11:42
Monday, July 27, 2026
މުނިފޫހިފިލުވުން

އާ ދެ ސިލްސިލާއެއް މިރޭ ފަށަނީ

ކަލާޒް ޗެނެލުން މިރޭ މުޅިން އާ ދެ ސިލްސިލާއެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މިއީ ވަރަށް ތަފާތު ދެ ޖޯންރާގެ ދޭއްޗެކެވެ. މީގެ ތެރެއިން އެކައްޗަކީ ތިން ލަވަކިޔުންތެރިއެއްގެ ތިނެސްކަން ލޯބީގެ ވާހަކައެއް މިއުޒިކަލް ލަވް ސްޓޯރީ "ޖުނޫނިޔަތު" އެވެ. މީގެ ލީޑް ބަތަލުންގެ ގޮތުގައި ފެންނާނީ ރޭ ކަލާޒް އިން ނިންމައިލި ރިއަލިޓީ ޝޯ، "ބިގް ބޮސް 16" ގައި ވާދަކުރި ގޯތަމް ވިޖް އާއި އަންކިތު ގުޕްތާ އެވެ. އަދި ބަތަލާ އަކީ ނޭހާ ރާނާ އެވެ.

"ޖުނޫނިޔަތު" މި ރެއިން ފެށިގެން ކޮންމެ ހުކުރު ދުވަހުގެ ރެއަކާ ހަމައަށް ރާއްޖެ ގަޑިން 8:00 ގައި އެޕިސޯޑްތައް ގެނެސްދޭނެ އެވެ.

މިރޭ އަލަށް ދައްކަން ފަށާ އަނެއް ސިލްސިލާ އަކީ ސުޕަނެޗްރަލް ރަހަތަކާ އެކީ ގެނެސްދޭ ތިނެސްކަން ލޯބީގެ ހާދިސާތަކެއް ފެންނާނެ "އިޝްގް މޭ ގާޔަލް" އެވެ. މީގެ ތަރިންނަކީ ކުރިން ވެސް ސިލްސިލާތަކުންނާއި ބައެއް އެހެން ޝޯތަކުން މަޝްހޫރުކަން ހޯދާފައިވާ ތަރިންތަކެކެވެ. އެގޮތުން "އިޝްގް މޭ ގާޔަލް" ގެ ބަތަލުންނަކީ ކަރަން ކުންދުރާ އާއި ގަޝްމީރު މަހާޖާނީ އެވެ. ބަތަލާ އަކީ ރީމް ޝެއިހެވެ.

މި ސިލްސިލާގެ އެޕިސޯޑްތައް ދައްކާނީ ރާއްޖެ ގަޑިން 8:30 ގަ އެވެ. އެގޮތުން ކޮންމެ ހޯމަ ރެއަކުން ހުކުރު ދުވަހުގެ ރެއާ ހަމައަށް އެޕިސޯޑެއް ގެނެސްދޭނެ އެވެ.