އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހުޅުމީދޫގެ މަސައްކަތް ވެސް ކުރިއަށްދާތީ ހުދޫގައި ފެނާއި ނަރުދަމާ ކަނެކްޝަން ނުވައްދައި ހުރި ގޭބިސީތަކުން އެކަން ފުރިހަމަ ކުރުމަށް ކައުންސިލުން އަންގައިފި އެވެ.
ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހުޅުދޫގެ މަގުތައް ވެސް ތާރު އަޅައިގެން ހަދާތީ މި ވަގުތު މަގުތަކުގެ އަރިމަތީގައި ފެން ހިންދާ ނިޒާމު ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ އިރު ތާރު އެޅުމުގެ ކުރިން ފެނާއި ނަރުދަމާގެ ޙިދުމަތަށް އެދެން ބޭނުންވެފައިވާ ފަރާތްތަކުން ގޯތީގެ ޗާޓްގައި ފެނާއި ނަރުދަމާ ގުޅުމަށް އެދޭ ލޮކޭޝަން ފާހަގަ ކުރުމަށް ފަހު އެޕްލިކޭޝަން ފޯމް ފެނަކަ ހުޅުމީދޫ ބްރާންޗަށް ހުށަހެޅުމަށް އަންގާ ކަމަށެވެ.
އަދި އެކަން އަވަށު އޮފީހާ ވެސް ހިއްސާކުރަން އެދިފައިވެ އެވެ.
ކައުންސިލުން ބުނީ ތާރު އެޅުމަށް ފަހު މަގުގެ ތާރު ކަޑައިގެން ހޮޅި އަޅައި ކަނެކްޝަން ދިނުމަކީ އުނދަގޫ އަދި ހަރަދު ވެސް ބޮޑުކ ކަމަށް ބާނެ ކަމަށެވެ. އެހެންވެ ތާރު އެޅުމުގެ ކުރިން ފެނާއި ނަރުދަމާ ކަނެކްޝަން ވަރަށް މުހިއްމު ކަމަށެވެ.
އެހެންވެ ގޯތި ލިބި އަލަށް ކަނެކްޝަންސް ބޭނުންވާ ފަރާތްތަކާއި، އަދި އިތުރު ކަނެކްޝަންސް ބޭނުންވާ ފަރާތްތަކުން ވެސް ވީހާ އަވަހަކަށް ކެނެކްޝަން ގުޅުމުގެ މަސައްކަތް ނިންމުމަށް ކައުންސިލުން އެދިފައިވެ އެވެ.
އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.