އަމީނީ މަގުގައި މިހާރު ކުރިއަށްދަނީ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އާރުޑީސީއިން ކުރިއަށްގެންދާ އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އަމީނީ މަގު ތާރުއެޅުމުގެ މަސައްކަތުގެ ސެގްމެންޓް 1، 2، އަދި 3 އާރްޑީސީން ހަވާލު ކޮށްފައިވަނީ އެމްޓީސީސީއަށެވެ.
އެ މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީން މިއަދު ބުނެފައިވަނި މި މަސައްކަތުގެ ދަށުން، މިހާރު ކުރިއަށްދަނީ ސަބްގްރޭޑް އެޅުމާއި، އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 2،511 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 2،511 އަކަ މީޓަރުގެ ސަބްގްރޭޑް އެޅުމާއި، 2،511 އަކަ މީޓަރުގެ އޭބީސީ އެޅުމާއި، 2،511 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕްރައިމް ކޯޓް އެޅުން ހިމެނެއެވެ.
އެމްޓީސީސީއަށް ތާރުއެޅުމުގެ ބައި ހަވާލު ކޮށްފައިވަނީ އާރްޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.
އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީއިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 84،414،546.83ރ. އަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.