Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރައީސަށް ޓިކެޓް ދޭ ޖަލްސާ އިން އިދިކޮޅު ސިހޭނެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޓިކެޓް ހަވާލުކުރަން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާ އަކީ އިދިކޮޅު ސިއްސައިގެންދާ ވަރުގެ ބޮޑު ޖަލްސާއަކަށް ވާނެ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޖަލްސާ ފިސާރި ބޮޑު ޖަލްސާއަކަށް ވާނެ ކަމަށެވެ.

"ދިހަހާސް މީހުން ޖަލްސާގައި ބައިވެރިވާނެ ކަމަށް އަންދާޒާ ކުރެވޭ." މަވޯޓާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ޕްރައިމަރީން ބަލިވެވަޑައިގަތުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ފެކްޝަނަކަށް މަސައްކަތް ކުރެއްވިޔަސް އެމްޑީޕީ އޮންނާނީ ގަދަކޮށް ދިރިދިރި ކަމަށެވެ. ރައީސާ ވާދަކޮށް ބޮޑު ތަފާތަކުން ބަލިވެވަޑައިގެން ރިޔާސީ ޓިކެޓް ގެއްލިވަޑައިގަތުމުން ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ޕާޓީ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވަން މަސައްކަތް ކުރައްވަމުންނެވެ. އަދި އެކަމަށް އަންނަނީ ސަޕޯޓަރުން ލައްވައި ސޮއިކުރައްވަމުންނެވެ.

ޕްރައިމަރީގެ ދާއިމީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓެވެ. ވޯޓެވެ.

ރައީސަށް ރިޔާސީ ޓިކެޓް ހަވާލުކުރަން ބާއްވާ ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ.