މި އަަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގަދަރު 2" ގެ މޯޝަން ޕޯސްޓަރެއް ދައްކާލައިފި އެވެ.
މި ފިލްމަކީ ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލްއާ އެކީ ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. ޕާކިސްތާނުގެ މުސްލިމުގެ އަންހެނަކާއި އިންޑިއާގެ ހިންދޫ ފިރިހެނެއްގެ އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން ފިލްމުގެ ދެވަނަ ބައި 22 އަހަރު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އޮގަަސްޓް 11 ގަ އެވެ.
"ގަދަރު 2" ގެ ޝޫޓިން ނިންމައި، ފިލްމު ޕޯސްޓް-ޕްރޮޑަކްޝަން އޮތް އިރު، މީގެ ޕްރޮމޯޝަންތައް ވަރަށް ދުރާލައި މި ވަނީ ފަށައިފަ އެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ފިލްމުގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް ސަނީއާ އެކީ އާންމުކޮށްފައިވާ އިރު، މިއަދު އާންމުކުރި މޯޝަން/ސްޓިލް ޕޯސްޓަރުން ފެންނަނީ ސަނީ އާއި އަަމީޝާގެ ލޯބީގެ މަންޒަރެކެވެ.
މި ފިލްމުގެ ޕްރޮމޯޝަނަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެ ދެ ތަރިން ކަލާޒްގެ "ބިގް ބޮސް 16" ގެ ފިނާލޭ އެޕިސޯޑްގައި ވެސް ބައިވެރިވި އެވެ.
"ގަދަރު 2" ގެ ކާސްޓްގައި ފުރަތަމަަ ބައިގައި ސަނީ އާއި އަމީޝާގެ ދަރިފުޅުގެ ރޯލު ކުޅުނު، ފިލްމުގެ ޑައިރެކްޓަރު އަނިލްގެ ދަރިފުޅު އުތުޝާކް ޝަރުމާ އާއި ސިމްރަތު ކޯރް، ބަތަލާ ސޮނާކްޝީ ސިންހާގެ ބޭބެ ލަވް ސިންހާ، މަނީޝް ވަދުވާ އަދި ގޯރަވް ޗޯޕްޅާ ހިމެނެ އެވެ.