Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ނިޒާމަށް ދައުވާ ކުރަން ފޮނުވައިފި

މުހައްމަދު ލިޓަން އަދި މުހައްމަދު ނިޒާމް-

މިދިޔަ މަހުގެ ތެރޭގައި ވ.އަތޮޅު ކަނޑުމަތިން ފެނުނު ހަށިގަނޑަކީ މަރާލާފައިވާ ކަމަށް ބަންގްލަދޭޝްގެ މީހާގެ ހަށިގަނޑުކަން ޑީއެންއޭ ޓެސްޓުތަކުން އަދި ކަށަވަރު ނުވާ ކަމަށާއި ނަމަވެސް ތުހުމަތު ކުރެވޭ މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާ ކުރެވޭނެ ގާނޫނީ ސަބަބުތައް ހުރުމުން ދައުވާކުރަން ނިންމައިފި އެވެ.

ކަނޑުމަތިން މިދިޔަ މަހުގެ 2 ގައި ހަށިގަނޑެއް ފެނުނީ ވިލިމާލެ އިން ވ. އަތޮޅަށް ދަތުރުކުރި ތެޔޮ ބޯޓެއްގައި ތިބި ދެ މީހަކު ގެއްލިގެން ހޯދަމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ހަށިގަނޑުގެ ސާމްޕަލް ނެގުމަށް ފަހު ވަޅުވީ މި ހަފުތާގަ އެވެ.

އެ ތެޔޮ ބޯޓުން ގެއްލިގެން ހޯދި ގދ. ތިނަދޫ، މަނާރު، ނާޒިމް، 45، ފެނުނީ މާލެއިންނެވެ.

ބޯޓުން ގެއްލުނު އުމުރުން 35 އަހަރުގެ މުހައްމަދު ލިޓަން މަރުގެ ތަހުގީގު އަދިވެސް ކުރިއަށް ދާއިރު، އެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް ޕީޖީ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.

މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ވަރަށް އަވަހަށް އެ މައްސަލައިގައި ނިޒާމްގެ މައްޗަށް ދައުވާކޮށް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.