Last Updated: July 27, 11:42
Monday, July 27, 2026
މުނިފޫހިފިލުވުން

"ލޯބިވާ" ސައުންޑް ކްލައުޑަށް

ސިމްބޮލިކް ރެކޯޑްސް އިން އިއްޔެ ނެރުނު އާ އަލްބަމް "ލޯބިވާ" ގެ ހުރިހާ ލަވަތަކެއް ވެސް ސައުންޑް ކުލައުޑުން އަޑު އަހާލެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

މި އަލްބަމްގައި ޖުމްލަ 14 ލަވަ ހިމެނެ އެވެ. ޓްރެކް ލިސްޓަށް ބަލާ އިރު މީގައި ހިމެނޭ ލަވަތަކަކީ ލޯބިވާ، ޝާހީ، އިހުސާސްތައް، ޕަރީ، ނޭވައޭ، ހިތުތެރޭގައި، ކުރަން ހުވާ، ހާ އުފާ، ޔާރޭ ކުރެހޭ، ފުރާނަ، ރާނީ، ކަލާ ފެނިފައި، އުލްފަތު އަދި ހަނގުރާމަ އެވެ.

"ލޯބިވާ" ގެ މި ހުރިހާ ލަވައެއްގެ ވެސް މައިގަނޑު އަޑުގެ ވެރިޔަކީ ސިމްބޮލިކްގެ ރަސްމީ އަޑު ކަމަށްވާ ޓޯއީ އެވެ. އެކަމަކު އޭނައާ އެކީ ބައެއް ލަވަތަކުގައި އެހެން ފަންނާނުންތަކެއް ހިއްސާވެފައިވާނެ އެވެ.

ސިމްބޮލިކް ރެކޯޑްސް އިން ކުރިން ހިތްގައިމު ލަވަތަކެއް އެހުންތެރިންނަށް ގެނެސްދީފައިވެ އެވެ.