ސަރުކާރުގެ އޮފީސްތައް ހިންގުމަށް އިތުރު އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި "އުމަރު ޒާހިރު އޮފީސް" ގެ ނަމުގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އޮފީސް އިމާރާތެއް އެންމެ ފަހުން ހެދީ 2006 ގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކަމަށެވެ. އޭގެ ފަހުން ސަރުކާރުގެ ޙިދުމަތްތައް ފުޅާވަމުން އައި އިރު، ޖާގައިގެ ދަތިކަން ކުރިމަތިވެ، ޚިދުމަތްތަކަށް އޮފީސް އިމާރާތްތައް ކުއްޔަށް ނެގުމަށް ބޮޑެތި ޙަރަދުތަކެއް ދައުލަތުގެ ބަޖެޓުން ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
This morning, President @ibusolih officially inaugurated the Umar Zahir Office Building in Hulhumalé. The six-story office complex features 25,000 sq. ft. office space on four floors and would see the relocation of three government ministries. pic.twitter.com/b368oWJfwm
— The President's Office (@presidencymv) February 15, 2023
އެގޮތުން އިތުރުން މިހާރު ވެސް މި ޚަރަދުތައް ބޮޑުވަމުންދާކަން ފާހަގަ ކުރައްވައި ވިދާޅުވީ، އާ އޮފީސް ޢިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ އެ ދަތިކަމާއި ހަރަދުތަކަށް ހައްލެއް ހޯދުން ކަމަށެވެ.
"އަޅުގަނޑަށް އެނގޭ އަދިވެސް ސަރުކާރުގެ އޮފީސްތައް ހިންގުމަށް ޢިމަރާތް ބޭނުންވާކަން،" ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން ޕްލޭންގައި އެބައޮތް އަދިވެސް ސަރުކާރުގެ އޮފީސްތައް ހިނގުމަށް އިތުރު އިމާރާތެއް ބިނާކުރަން."
ރައިސް ވިދާޅުވީ އާ އޮފީސް އިމާރާތަކީ މަރްޙޫމް އުމަރު ޒާހިރުގެ ދީފައިވާ ތަނަކަށްވުމުން އެކަމުން ދޭހަކޮށް ދެނީ އެ މަނިކުފާނު ދައުލަތައް ކޮށްދެއްވާފައިވާ ޚިދުމަތުގެ ކުލަގަދަކަން ކަމަށެވެ.
— The President's Office (@presidencymv) February 15, 2023
މިއަދުގެ ރަސްމީއްޔާތުުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އާ އިމާރާތާ އެކީ މިހާރު ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއް ކުލީ އިމާރާތެއްގައި ހިންގަމުން ނުދާނެ ކަމަށެވެ.
ޢުމަރު ޒާހިރު އޮފީސް ޢިމާރާތަކީ ހަ ބުރީގެ އިމާރާތެކެވެ. އެތަން ހެދީ 185 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.