Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ނުހައްގު މުއްސަނދިކަން ހޯދާފައިވާ ބައެއް މައްސަލަ ބަލަނީ

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނުހައްގު މުއްސަނދިކަން ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ނުހައްގު މުއްސަނދިކަން ކުށަކަށް ހެދި ގާނޫނުގެ ދަށުން މީހަކަށް ދައުވާ ކޮށްފައިވޭތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެފަދަ މައްސަލަ ތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެތެރެއިން ފާހަގަކުރެވޭ މުހިއްމު ފަރާތްތަކަކާއި އަދި އެ ފަރާތްތަކެއްގެ މުއްސަނދިކަމާއި ގުޅުންހުރި މުހިއްމު ކަންތައްތަކެއް ބަލަމުން އަންނަ ކަމަށެވެ.

"އެހެންނަމަވެސް ވަރަށް ހަމަ ތަރޯ ތަހުގީގުތަކެއް ބައެއް، އެފަދަ ފަރާތްތަކާއި މެދުގައި ހިންގަމުން އެބަ ގެންދޭ" އިމްރާން ވިދާޅުވިއެވެ.

ޤާނޫނުލްއުޤޫބާތަށް ގެނެސްފައިވާ އިސްލާހުގައި ނުހައްގު މުއްސަނދިކަން ހޯދުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.