Last Updated: July 22, 13:36
Wednesday, July 22, 2026
ދުނިޔެ

ޓްރަމްޕާ ވާދަ އަށް ރިޔާސީ އިންތިހާބަށް ނިކީ

އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާދަކުރައްވަން ނިންމާފައި ވަނިކޮށް، ރިޕަބްލިކަން ޕާޓީގެ ތެރެއިން އަންހެން ބޭފުޅަކު ރިޔާސ ރޭހަށް ވާދަކުރައްވަން ނިންމެވިކަން އިއުލާންކުރައްވައިފި އެވެ.

އެކަން އިއުލާން ކުރެއްވި ބޭފުޅަކީ ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ، 51، އެވެ. އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ނިކީ އަކީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އިން އދ. އަށް ކަނޑައެޅި އެމްބެސެޑަރުގެ މަގާމު ވެސް 2017-2018 އަށް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވައި ނިކީ މިއަދު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ މިހާރުގެ ސަރުކާރުން ވެސް ގައުމު ހިންގުމުގައި ފެއިލްވެފައިވާ ކަމަށާއި އެހެންވެ އެމެރިކާ އަށް އާ ލީޑަޝިޕެއްގެ އަދި ފަހުގެ ޖީލެއްގެ ލީޑަރަކަށް ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ.

ކްލެމްސަން ޔުނިވަސިޓީން އެކައުންޓިން ދާއިރާ އިން ޑިގްރީ ހާސިލުކުރައްވާފައި އަދި ސިޔާސީ ދާއިރާ އަށް ނުކުންނެވުމުގެ ކުރިން އާއިލީ ފޮތީގެ ވިޔަފާރީގެ ތެރޭގައި ވެސް މަސައްކަތްކުރެއްވި ނިކީ ރިޔާސީ ރޭހަށް ނުކުންނަވަން ނިންމެވުމާ އެކީ، ދެން ޕާޓީގެ ތެރޭގައި ޕްރައިމަރީ އަށް ބާއްވަން ޖެހޭނެ އެވެ.

އެހެންވެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯދަން ޓްރަމްޕަށް އޮތް މަގު މިހާރު ފަސޭހައެއް ނުވާނެ އެވެ. މި ޕްރައިމަރީ ނިކީ ކާމިޔާބު ކުރައްވައިފި ނަމަ މިކަން ބާނީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ނޮމިނޭޓްކުރާ އޭޝިއާ އަށް ނިސްބަތްވާ ފުރަތަމަ އެމެރިކާގެ އަންހެނާއަށެވެ.

ޓްރަމްޕް އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމު ފުރުއްވީ 2016-2020 އަށެވެ. އޭނަ ދައުރަކަށް ވެސް ވާދަކުރެއްވި އެވެ. އެކަމަކު އެންމެ ފަހުގެ އިންތިހާބު ކާމިޔާބުކުރެއްވީ ޖޯ ބައިޑެން އެވެ. އޭނަ ވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާނެ އެވެ.