Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުން ކުރިއަށް

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރު ތޮށި ލުމުގެ މަސައްކަތް މިހާރު 20 އިންސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އަދި، ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު 27 އިންސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 21181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 27.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.