Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އާމްދަނީގެ ޓެކުހުން އިސްތިސްނާވާ 10 މަޝްރޫޢެއް

ސަރުކާރުން ހިންގާ މަޝްރުޢޫތަކުގެ ތެރެއިން އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ 10 މަޝްރޫޢުއެއް އާމްދަނީން ނަގާ ޓެކްސްއިން އިސްތިނާވާކަމަށް ނިންމައި ގެޒެޓްކޮށްފިއެވެ.

ވިޔަފާރި މަޝްރޫޢުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީ އިން ޓެކްސް ދެއްކުމުން ޙާއްޞަ އިސްތިސްނާ ދިނުމާބެހޭ ގަވާއިދުގެ ދަށުން، އާމްދަނީ އިން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކުގެ ދަފުތަރެއް ފިނޭންސް މިނިސްޓްރީން އެކުލަވައި އާންމުކުރަން މިނިސްޓްރީއަށް ޤާނޫނާއި ޤަވާއިދުން ލާޒިމް ކުރެއެވެ.

މިގޮތުން މިނިސްޓްރީން އެކުލަވާލައި އާންމުކޮށްފައިވާ ލިސްޓުގައި 10 މަޝްރޫޢެއް ވަނީ ހިމަނާފައެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢުތަކެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތް އަދި މަގު ހެދުމުގެ މަޝްޜޫޢުއާއި، ރާއްޖޭޣެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި، ހަނިމާދޫ އެއާޕޯޓް މަޝްރޫޢުގެ އިތުރު ތިލަމާލޭ ބްރިޖުގެ މަޝްރޫއެވެ.

މިމަޝްރުޢޫތަކާއި މަޝްރޫޢުތައް ހަވާލު ކުރެވިފައިވާ ފަރާތާއި، މަޝްރޫޢުގެ އަގު ހިމެނޭހެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއު ކުރެވިފައެވެ.