ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 53 އިންސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 6,891 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 570 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ސްޓްރަކްޗަރ ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 10.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.