ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާ ވަރުގަދަ ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.
ރޭ ބޭއްވި ކުލަގަދަ ހަފުލާއެއްގައި އިއުލާންކުރި މި ސީރީޒަކީ ޒީ5 އަށް ހަދަން ނިންމާފައިވާ "ތާޖު: ޑިވައިޑެޑް ބާއި ބްލަޑް" އެވެ. މިއީ އިންޑިއާގައި ކުރިން އޮތް ނުފޫޒު ގަދަ މުގާލް ރަސްކަމުގެ ވާހަކައެެއް ކިޔައިދޭނެ އެއްޗެކެވެ. ސީރީޒްގެ މައިގަނޑު ކާސްޓް އިއުލާންކޮށް، މީގެ ލޯގޯ ވެސް މުމްބާއީގައި ބޭއްވި ހަފުލާއެއްގައި ވަނީ ދައްކާލައިފި އެވެ.
މަޝްހޫރު އެކްޓަރުން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްގެ ބައްޕަ ދަރޭއާ އެކީ "ތާޖު" ގެ ބޮޑު ކާސްޓެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އަދިތީ ރާއޯ ހައިދަރީ އާއި ނަސީރުއްދީން ޝާހާއި އާޝިމް ގުލާޓީ އާއި ތާހާ ޝާހާއި ޒަރީނާ ވައްހާބާއި ރާހުލް ބޯސް ފަދަ އެތައް ފަންނާނުނެއް ހިމެނެ އެވެ.
"ތާޖު" ގެ ސްކްރީން ރައިޓަރަކީ ސައިމަން ފަންޓޯޒާ އެވެ. ޑައިރެކްޓަރަކީ ރޮނާލްޑް ސްކަޕެލޯ އެވެ.
Friends, i am playing Shaikh Slim Chishti ….a sufi saint, in film Taaj. A small but an important role………need your good wishes 🙏 pic.twitter.com/IQpAoaS67y
— Dharmendra Deol (@aapkadharam) February 15, 2023
މުޅިން އަލަށް ދަރޭ، 87، ސީރީޒަކަށް ސޮއިކުރި އިރު އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާއާ އެކީ ކުޅޭ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ "އެއްކީސް" އާއި ޝާހިދު ކަޕޫރާއި ކްރިތީ ސެނަން ހިމަނައިގެން ލަކްޝްމަން އުޓޭކަރް ހަދާ ފިލްމެއް ހިމެނެ އެވެ.