ފެނުއަޑީގެ އެންމެ ގިނަ އިރު ވަންދެން ތުންގުޅުވައިގެން ތިބުމުގެ ރެކޯޑް ހެދި ދެ މީހަކު އެ މީހުންގެ އެ ރެކޯޑް ރާއްޖޭގައި މުގުރާލައިފި އެވެ.
މި ރެކޯޑަކީ ދެކުނު އެފްރިކާ އަށް ނިސްބަތްވާ ފްރީ ޑައިވިން ޗެމްޕިއަން ބެތު ނީލް، 40، އާއި އާއި ކެނެޑާ އަށް ނިސްބަތްވާ ބައިވެރިވެރިޔާ މައިލްސް ކްލޯޓިއާ، 33، މީގެ 13 އަހަރު ކުރިން ހެދި ރެކޯޑް މުގުރައިލުމެވެ. ފެނުއަޑީގެ "އެންމެ ދިގު ކިސް" ގެ ރެކޯޑް އެ މީހުން ފުރަތަމަ ހެދީ އިޓަލީގެ ޓީވީ ޝޯ "ލޯ ޝޯ ޑި ރެކޯޑް" ގައި 2010 ގަ އެވެ. އޭގެ ދިގުމިނަކީ 3 މިނިޓާއި 24 ސިކުންތެވެ.
A record just in time for Valentine's Day 🥰️https://t.co/FskcJzycb2
— Guinness World Records (@GWR) February 14, 2023
އޭރު ހެދި އެ ރެމޯޑް ބެތު އާއި މައިލްސް މުގުރައިލީ މި މަހުގެ 14 ފާހަގަކުރި ލޯބިވެރިން ދުވަހާ ގުޅުވައިގެން މި މަހުގެ 4 ގައި ލަަކްސް ރިސޯޓްގަ އެވެ. ކުރީގެ ރެކޯޑް މުގުރައިލީ އެ ރިސޯޓް ޕޫލެއްގެ ތެރޭގައި 4 މިނިޓާއި 6 ސިކުންތު ވަންދެން ތުންގުޅުވާލައިގެންނެވެ.
މި ރެކޯޑް އެ ދެ މީހުންނަށް ކަށަވަރުކޮށްދީ ގިނިސް ވޯލްޑް ރެކޯޑް ވަނީ ރެކޯޑްގެ ރަސްމީ ސެޓްފިކެޓް ވެސް ލަކްސް ރިސޯޓްގައި ހަވާލުކޮށްފަ އެވެ. ގިނިސް ފަރާތުން ރެކޯޑް ހަވާލުކޮށް ދިނީ، ރެކޯޑް މޮނިޓަކުރަން ރާއްޖެ އައި ޓީމްގައި އިސްކޮށް ހުރި ސްވަޕްނިލް ދަންގާރިކަރް އެވެ.
ބެތު އާއި މައިލްސްގެ ރެކޯޑްގެ ވާހަކަ ގިނިސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ.