އެކަނި ކަމަށް ވިޔަސް އެމްޑީޕީ ފުނޑާލަން އުޅޭ މީހުންނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ފޭދޫގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ފުނޑާލައި އައްޑޫގެ ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތްކުރާ މީހުންނާ ދެކޮޅަށް އުމުރުގެ ބާކީ އޮތް ތަނުގައި މަސައްކަތްކުރައްވާނެ ކަމަށެވެ.
"އެކަނި ކުރަން ޖެހުނަސް މި މަސައްކަތް ހުއްޓާނުލާނަން." ނިހާދު ވިދާޅުވި އެވެ.
MDP fundaalumah adhi AdduCity ge tharaggee aai kurierumaai dhekolhah Masakkaih kuraa meehunaai dhekolhah umuru ge Baakee oih thanugai masakkaih kuraanan! Ekanhi kuraan jehunas mi masakkaih hutaa nulaanan! Inshaa Allah
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 15, 2023
އޭނަ އަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ފާޑު ވިދާޅުވަމުން ގެންދަވާ މެމްބަރެކެވެ. އެގޮތުން އައްޑޫގެ ތަރައްގީ އަށްޓަކައު ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަކީ އައްޑޫ ރައްޔިތުންނަށް ލާޒިމު ކަމެއް ކަމަށް ވެސް ނިހާދު ތަކުރާރުކޮށް ވިދާޅުވެ އެވެ.
އޭނަ ވިދާޅުވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތުމުން "ފިކުރެއްގެ ދިރުން" ގެ ނަމުގައި ނަޝީދު ޕާޓީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވަން މަސައްކަތްކުރެއްވުމަކީ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތަށް ކުރައްވާ ކަމެކެވެ.