Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އެސްއެސް ޓީވީ ލޯންޗްކޮށްފި

އެސްއެސް ޓީވީގެ ނަމުގައި އާ ޗެނަލެއް ލޯންޗްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

އެ ޗެނެލް ރޭ ލޯންޗްކުރީ މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޗެނެލް އިފްތިތާހު ދެއްވީ އެ ޗެނެލް ހިންގާ އަދި ރާއްޖޭގައި އަލަށް ކޭބަލް ޓީވީގެ ހިދުމަތް ދޭން ހުއްދަ ލިބުނު އެސްއެސްނެޓް ހިންގާ ސަން ސިޔާމް މީޑިއާ ގުރޫޕްގެ ވެރިޔާ އަޖިމަދު ސިޔާމް (ސަން ސިޔާމު) އެވެ.

އެ ކުންފުނިން ބުނީ އެސްއެސް ޓީވީން ޚަބަރާއި މައުލޫމާތު ހުރިހާ އުމުރަކަށް ހާއްސަކޮށްގެން ގެނެސް ދޭނެއެވެ. އަދި އެ ޗެނެލްގެ ދެބައިކުޅަ އެއްބައި ކޮންޓެންޓް އުފައްދާނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކަމަށް ވެސް ބުންޏެވެ. އެސްއެސްޓީވީން މުނިފޫއްސާއި ދީނީ ތަފާތު ޕްރޮގްރާމްތައް ވެސް ގެނެސްދޭނެ އެވެ.

އެސްއެސް ޓީވީގެ ޕްރޮގްރާމްތައް ގެނެސްދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 12:30 އަށެވެ.