ބާދަގަނޑު ވިޔަފާރި ކުރާ މީހުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަގުތީގޮތުން ބިން ދޫކުރުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެ ކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނީ،ހުޅުމާލޭގައި މި ވަގުތު ގިނަ މަޝްރޫއުތައް ކުރިއަށްދާތީ، ބާދަގަނޑު ވިޔަފާރިކުރާ ފަރާތްތައް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ވިޔަފާރި ކުާރާ ފަރާތްތަކުން މަގުމަތީގައި އާއި ދުވާރުމަތި ފަދަ ތަންތަން ގަވާއިދާ ހިލާފަށް ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ އަށް ހައްލެއް ހޯދުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މެރީނާ އައިލެންޑް ސަރަހައްދުން މި ވިޔަފާރި އަށް ކުރުމުއްދަތަށް ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބާދަގަނޑުގެ ވިޔަފާރި ކުރުމަށް ހުޅުމާލެއިން ވަގުތީ ގޮތުން ބިން ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އިތުރު ތަފްސީލް: https://t.co/DE2bv1xu5O @hdcmaldives pic.twitter.com/2iozYkgLki
— OOO.MV (@ooomediamv) February 15, 2023
އެގޮތުން ބިން ދޫކުރާނީ ވިޔަފާރީގެ ލައިސެންސްގެ އިތުރުން އެކްސްޕޯޓް ހުއްދަ ވެސް އޮންނަ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބިންތަކަށް ކުރިމަތިލާން ހުޅުވާލައިފައެވެ. މިކަމަށް އެދޭ ފޯމް އެޗްޑީސީގެ ރިސެޕްޝަނުން ލިބޭނެ އެވެ.
އެ ކުންފުނިން ވަނީީ އިތުރުން މަގުތަކުގައި ޤަވާއިދއި ޚިލާފަށް މުދާ ބަހައްޓައިގެން ވިޔަފާރި ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފަ އެވެ.