Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އިހުތިޖާޖު ހުއްޓާލައި އެފްކޮންސް މުވައްޒަފުން މަސައްކަތަށް

ފަސް ދުވަހުގެ އިހުތިޖާޖަކަށް ފަހު އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް މުވައްޒަފުން މަސައްކަތް ފަށައިފި އެވެ.

މުވައްޒަފުން އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް އެނބުރި މަސައްކަތަށް ނިކުމެފައިވާކަން ޕްލޭނިން މިނިސްޓްރީން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ހަވާލުކުރެވިފައި ވަނީ ތިލަމާލޭ ބްރިޖުގެ ވެސް މަސައްކަތް ކުރަމުން އަންނަ އެފްކޮންސް ކުންފުންޏާ އެވެ.

"އައްޑޫ ލައިވް" އަށް މައުަލޫމާތު ލިބިފައިވާ ގޮތުން މުވައްޒަފުން އަނބުރާ މަސައްކަތަށް ނިކުތީ މުވައްޒަފުންގެ ޑިމާންޑުތައް ފުރިހަމަކޮށް ދިނުމުންނެވެ. އެގޮތުން ވިސާ މައްސަލައިގައި ނުފުރި ހުރި މުވައްޒަފު މިހާރު ފުރުވާލާފައިވާ ކަމަށް އެނގިފައިވެ އެވެ.

އެފްކޮންސް ކުންފުނީގެ މުވައްޒަފުން މިއަދު މަސައްކަތަށް އަލުން ނިކުމެފައިވާ އިރު ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ގެންދަވަނީ އައްޑޫގައި ބޭސްވެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ އިރު ރައްޔިތުންގެ ހުރި ކަންބޮޑުވުން ތައް ބަލައި މަސައްކަތް މޮނީޓަކުރައްވަމުން ގެންދަވަ އެވެ.