މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ޗާބްދަނީ މަގުގައި ހުންނަ "ރެޑް ބީ" ގައި ރޯވިކަމުގެ ރިޕޯޓް ފަޔަ އެންޑް ރެސްކިއު ސާވިސްއަށް ލިބުނީ 9:30 އެހާކަށްހާ އިރު ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ ފިހާރަަ ހުރި ޢިމާރާތުގެ ސިޑި ގޮޅިއެއްގަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް އަދި ސާފެއް ނުވެ އެވެ. އެމްއެންޑީއެފާއި ފުލުހުން ވެސް އަންނަނީ ފިހާރަ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފަހަކަށް އައިސް މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް ގިނަ އެވެ. އަދި މިފަދަ ނުރައްކާތެރި ބޮޑެތި އެތައް ހާދިސާއެއް މި ފަހުން ހިނގާފައިވެ އެވެ.