ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިން މިއަދު ބުނީ އޭނަ ސަސްޕެންޑްކުރަން ނިންމީ ނިންމީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން ކަމަށެވެ.
އައްޑޫ ފޭދު އަށް ނިސްބަތްވާ ހަސަން ސައީދު ދެ ހަފުތާ އަށް ސަސްޕެންޑްކުރީ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށެވެ.
އޭނަ ސަސްޕެންޑްކުރީފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އިރު، 2018 ގައި އެ ކޯޓުގެ މުވައްޒަފަކު ރާއްޖެ އިން ބޭރަށް ފޮނުވައިގެން ކުރި ކަމަށް ބުނާ ކައިވެންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ.
ނަމަވެސް ފެމިލީ ކޯޓަށް ހުށަހެޅޭ ކައިވެނިތައްކޮށް ދިނުމާ މެދު ގޮތް ނިންމުމުގައި ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އެވެ. އެހެންކަމުން ހަސަން ސައީދު ދެއްވާފައިވާ ލަފާގެ ސަބަބުން ގާނޫނާއި ގަވާއިދާ އަދި ފެމެލީ ކޯޓުގައި ޢަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއްކޮށް ދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.