Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

މަރަދޫފޭދު އަށް 300 މީހުންގެ ޖާގައިގެ މިސްކިތެއް

އައްޑޫ މަރަދޫފޭދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ކައުންސިލުން ބިމެއް ދޭން ނިންމައިފި އެވެ.

އެ ގޮތަށް ނިންމީ ކައުންސިލްގެ 87 ވަނަ ޖަލްސާގަ އެވެ. މި މިސްކިތަކީ އިސްލާމިކް މިނިސްޓްރީން ބިނާކުރަން ހަމަޖެހިފައިވާ މިސްކިތެކެވެ. މި މިސްކިތް ބިނާ ކުރާނެ ބިމެއް މަރަދޫ ފޭދުން ދިނުމަށް ނިންމާފައެވެ. މިއީ އިސްލާމިކް މިނިސްޓްެރީގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މިކަމާ ބެހޭ ގޮތުން މަރަދޫފޭދޫ ކައުންސިލަރު ހާލިދާ މުހައްމަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ބިން ހަމަޖައްސާފައި ވަނީ އެ އަވަށު ލިންކް ރޯޑާ ދިމާލުން ކުރިން ދިރާގު އޮފިސް ހިންގި އިމާރާތުގެ އުތުރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަރަދޫފޭދޫގެ އާ މިސްކިތް ވާނީ އެ އަވަށުގައި ބިނާކުރެވޭ އެންމެ ބޮޑު އެއް މިސްކިތަށެވެ.

މި މިސްކިތަށް މި އަހަރުގެ ބަޖެޓުގައި 1.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި އަންނަ އަހަރަށް މި މަޝްރޫއަށް 3.6 މިލިއަން ރުފިޔާ ލަަފާކޮށްފައިވެ އެވެ. މަޝްރޫއަށް ޖުމްލަ ހޭދަވާނެ ކަމަށް ލަފާކުރަނީ 6 މިލިއަން ރުފިޔާ އެވެ.