"ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ސިޔާސީ ވަކި ހަރަކާތެއް ހިންގަވަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި އެކަމަށް ތާއީދު ހޯދަން ސޮއިކުރުވަމުން އަންނަ އިރު، މިހާތަނަށް 50،000 މީހުން ސޮއިކޮށްފައިވާ ކަމަށް ބުނުމުން، އެމްޑީޕީގެ އަންހުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް (ރޮޒޭ) އެކަމަށް ޖޯކް ޖައްސަވައިފި އެވެ.
ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އިއްޔެ ވިދާޅުވެފައި ވަނީ "ފިކުރެއްގެ ދިރުން" އަށް މިހާތަނަށް ބައިލައްކަ އަށް ވުރެ މީހުން ސޮއިކޮށްފައިވާ އިރު، އަދިވެސް އެތައް ބަޔަކު ސޮއިކުރަން ބޭނުންވާ ކަމަށެވެ.
OMG! I can’t stop laughing! 😂Bonda you should have said 500,000 instead of 50,000! I mean when you are simply uttering numbers off your head, why not go for a bigger number! Use your imagination man! 😂😂😂😂😂 https://t.co/gKxS7Rypl7
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) February 15, 2023
މިކަމަށް ޖޯކް ޖައްސައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު އޯ މައި ގޯޑް (އޯއެމްޖީ) އޭ ވިދާޅުވެ ލާފިން އިމޯޖީތަކަކާ އެކީ ކުރެއްވި ޓްވީޓެއްގައި ބޮންޑޭ އަށް ވިދާޅުވެވުނު އަަދި ތަންކޮޅެއް މަދު ކަމަށެވެ. އަދި އެކަމާ އަންނަނީ ހިނި ކަމަށް ވެސް ވިދާޅުވި އެވެ.
"ފަންސާސްހާހޭ ވިދާޅުވުމުގެ ބަދަލުގައި ފަސްލައްކައޭ ވިދާޅުވި ނަމަ. ބޮލުގެ ތެރޭގައި ހިޔާލީ ނަމްބަރުތަކެއް ގެންގުޅެންޏާ ބުނަން ވާނީ ވީހާ ވެސް ބޮޑުކޮށް." ޖޯކް ޖައްސަވައި ރޮޒޭ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވެފައިވާ ގޮތުގައި "ފިކުރެއްގެ ދިރުން" ގެ އަމާޒަކީ އެ ހަރަކާތަށް މަދުވެގެން 95،000 މީހުން ހަމަކުރުމެވެ.
މި ހަރަކާތް ނަޝީދު ފައްޓަން ނިންމެވީ މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ބޮޑުތަނުން ނާކާމިޔާބުވުމުންނެވެ. ޕްރައިމަރީގެ ދާއިމީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓެވެ.