Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ހިތަދޫގައި މާރާމާރީއެއް، ދެ މީހަކަށް އަނިޔާވެއްޖެ

އައްޑޫ ހިތަދޫގައި މިރޭ މާރާމާރިއެެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ އެވެ.

މި މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކަށާއި، 54 އަހަރުގެ ފިރިހެނަކަށެވެ. މި ހާދިސާގައި ބޭނުންކޮށްފައި ވަނީ ވަޅިއެއް ކަމަށް މައުލޫމާތު ލިބެ އެވެ. ހަމަލާގައި އަނިޔާވި 54 އަހަރުގެ މީހާއަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި އޭނާގެ ހާލަތު މި ވަގުތު ރަނގަޅު ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މާރާމާރީގައި އަނިޔާވި 18 އަހަރުގެ ޒުވާނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.