Last Updated: July 27, 10:52
Monday, July 27, 2026
މުނިފޫހިފިލުވުން

ސްވަރާ ކައިވެނިކުރީ ޕާޓީއެއްގެ ލީޑަރަކާ

ބޮލީވުޑްގެ ބަތަލާ ސްވަރާ ބާސްކަރް އިންޑިއާގެ ސިޔާސީ ޕާޓީއެއްގެ ލީޑަރާ ކައިވެނިކޮށްފި އެވެ.

ކޯޓްގައި "ވީރޭ ދީ ވެޑިން" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ 34 އަހަރުގެ ބަތަލާ ކައިވެނިކުރީ ސަމާދުވާޖީ ޕާޓީގެ ލީޑަރެއް ކަމަށްވާ ފަހަދު އަހުމަދާ އެވެ. ކައިވެނީގެ ވާހަކަ ސްވަރާ ވަނީ ދެ މީހުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެއާ އެކީ ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކާއި ފޭނުންތަކެއް ވެސް ސްވަރާ އަށް މަރުހަބާ ކިޔާފައިވެ އެވެ.

އާންމުކޮށް ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން ފެންނަ ސްވަރާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ގުޒާރިޝް"، "ތަނޫ ވެޑްސް މަނޫ"، "ރާންޖަނާ"، "ނީލް ބައްޓޭ ސައްނާޓާ" އަދި "އަނާރްކަލީ އޮފް އާރާ" ހިމެނެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޖަހާ ޗާރު ޔާރު" އެވެ.