Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

މާރާމާރީގައި ޒަހަމްވި މީހާ މާލެ ފޮނުވާލަނީ

އައްޑޫ ހިތަދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި މީހާ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްއައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބުނެފި އެވެ.

ރޭ 10:00 އެހާކަށްހާ އިރު ދެ މީހެއްގެ ދެމެދުގައި ހިނގި މި މާރާރީގައި 54 އަހަރުގެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. ހަމަލާ ދިނުމުގައި ވަޅިއެއް ބޭނުންކޮށްފައިވާ އިރު ލިބުނު ޒަހަމްތަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެ މީހާގެ މޭމަތީގެ ކަނާތް ފަރާތަށް ތޫނުއެއްޗެއް ހަރާލާފައިވާ އިރު އޭނަގެ ފުއްޕާމެއަށް ލޭ އެޅިފަވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. މީގެ އިތުރުން އޭނަގެ ކަނާތް ވެސް ޒަހަމްވެފައިވެ އެވެ. އެހެންވެ މިހާރު އިތުރު ފަރުވާ އަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މާރާމާރީ ހިންގި 18 އަހަރުގެ ޒުވާނާ ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މައުލޫމާތު ލިބިފަވާ ގޮތުގައި މި މާރާމާރީގައި އޭނަ އަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވެ އެވެ.

މި މައްސަލައިގައި ހިމެނޭ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮތް ދެމީހުން ކަމަށް އެނގިފައިވެ ލިބެއެވެ. އަދި މައްސަލަ ހިތަދޫ ޕޮލިހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.