Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މަޑިވަރު އެއާޕޯޓް އިންޓަނޭޝަނަލް ކުރަނީ

ޅ. މަޑިވަރު އެއާޕޯޓު ކްރޮސް ސަބްސިޑީ އުސޫލުން އިންޓަނޭޝަލް ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން ހުޅުވާލައިފި އެވެ.

މިކަމަށް ހުޅުވައިލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ގަރާރަކުންނެވެ.

އެގޮތުން މަޑިވަރު އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ހިންގަން މަޝްރޫއަށް ފައިނޭންސް ކުރަން ޖެހޭ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 77 މިލިއަން ރުފިޔާ އެވެ.

ކުރެއްދޫ ހޯލްޑިންއާ ހަވާލުކޮށްގެން ހަދާފައިވާ އެ އެއާޕޯޓް ހިންގަން ހަވާލުކޮށް ވަނީ އައިލޭންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އާ އެވެ. މަޑިވަރު އެއަރޕޯޓު ތަރައްގީކުރުމަށް އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ މެއި 29، 2018 ގަ އެވެ. އަދި އެއަޕޯޓްގެ އަމަލީ މަސައްކަތްކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ އެވެ.

މަޑިވަރު އެއަޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭއަކާއި، އުޅަނދުތައް ޕާކުކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިން އަދި ޒަމާނީ ފެންވަރުގެ ޓާމިނަލެއް ހަދާފައިވެ އެވެ.

މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ގަ އެވެ.