ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމާ ގުޅިގެން އެ ދެ ގައުމަށް އެހީވާން ފައިސާ އެއްކުރަން "އެއް އުންމަތެކޭމީ" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމި ކެމްޕޭންގެ ދަށުން މިއަދު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަންޑް ފޮށި ބަހައްޓަންއިފި އެވެ.
މިކަން އިންތިޒާމުކުރާ ފރާތްތަކުގެ ތެރޭގައި ހިމެނޭ އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅީ ފަންޑު ފޮށިތައް މިއަދު ހެނދުނު 11:00 އިން މެންދުރު 2:00 އަށް މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލޭގެ މިސްކިތްތަކުގައި ބެހެއްޓިފައި ހުންނާނެ ކަމަށެވެ.
ތުރުކީ-ސޫރިޔާ ބިންހެލުމުގެ ކާރިސާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހިންގެ "އެއް އުންމަތެކޭމީ!" ފަންޑްރައިޒިންގ ކެމްޕޭނުގެ ފަންޑު ފޮށިތައް ހުކުރު ދުވަހުގެ 11:00 އިން މެންދުރު 14:00 އަށް ގްރޭޓާރ މާލެ އޭރިޔާ ސަރަހަށްދުގެ pic.twitter.com/vLdnH8Layv
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 17, 2023
އެހެންވެ ވީހާ ވެސް ގިނަ ބަޔަކ ބަޔަކު އެހީވުމަށް ޝަހީމް އެދިވަޑައިގެންފައިވެ އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވުމަށްޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލެނިވެގެންދާނެ އެއްޗެއް ނޫން ކަމަށާއި މާތް ﷲ އެކަމަށް ދަރުމަ ދެއްވައި އެމީހެއްގެ މުދަލުގައި ބަރަކާތް ލައްވާނެ ކަމަށެވެ.
ހުކުރު ކުރާ ހުރިހާ މިސްކިތްތަކެއްގެ ކައިރީގައި ހުންނާނެވާހަކަ ދަންނަވަން. ވީހާވެސް ގިނަ ފަރާތްތަތަކުން މިކަމުގައި ބައިވެރިވެ ލައްވާ މުސްލިމުން އަޚުނާ އުޚުތުންނަށް އެހީތެރިވެ ދެއްވާ!
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 17, 2023
ތުރުކީ އާއި ސީރިއާ އަށް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އައި ވަރުގަދަ ބިންހެލުންތަކަކާ ގުޅިގެން މިހާތަނަށް 50،000 އެއްޖާ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ. އަދި ބިންހެލުމުގެ ސަބަބުން އެތައް ބައެއްގެ ގޯތިގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފަ އެވެ.
ތުރުކީ އާއި ސީރިއާ އަށް އެހީވާން ރާއްޖޭގައި އެކި ފެންވަރުގައި އެކި ފަރާތްތަކުން އަންނަނީ މަސައްކަތްކުރެވެމުންނެވެ. އެގޮތުން ރެޑް ކްރެސެންޓުން ކުރިއަށް ގެންދާ ފަންޑަށް މިހާތަނަށް ތިން މިލިނެއްހާ ރުފިޔާ ލިބިފައިވެ އެވެ.