Last Updated: July 22, 13:36
Wednesday, July 22, 2026
ދުނިޔެ

ޗައިނާގެ މަހުޖަނަކު "ގެއްލިއްޖެ"

ޗައިނާގެ ނުފޫޒު ގަދަ މަހުޖަނަކު ވީނުވީއެެއް ނޭނގި "ގެއްލިއްޖެ" އެވެ.

މީޑިއާތަކުން ބުނީ ގެއްލިފައި ވަނީ ޗައިނާގެ ޕްރައިވެޓް އިންވެސްޓްމަންޓް ބޭންކް، ޗައިނާ ރެނައިސަންސްގެ ޗީފް އެގްޒެކެޓިވް ބައޯ ފޭން ކަމަށެވެ. އޭނަ ވީނުވީއެއް ނޭނގި "ގެއްލިފައިވާކަން" ރެނައިސަންސް ހޯލްޑިންސް އިން ވެސް އިއްޔެ ކަށަވަރުކޮށް ދީފައިވެ އެވެ.

އެ ކުންފުނިން ބުނީ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށާއި ބައޯ، 53، ގެ އެއްވެސް ހަބަރެއް ނުވާތާ ދުވަސްކޮޅެއްވެއްޖެ ކަމަށެވެ. އެގޮތުން ކުންފުނީގެ ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ ބައޯއާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށާއި އޭނައާ ގުޅޭނެ އެއްވެސް ގޮތެއް ވެސް ނެތް ކަމަށެވެ. އަދ މިކަން ހޮންކޮންގް ސްޓޮކް އެކްސްޗޭންޖާ ވެސް ހިއްސާކޮށްފައިވާ ބުންޏެވެ.

ޗައިނާ ރެނައިސަންސްގެ ޗީފް އެގްޒެކެޓިވް "ގެއްލުމާ" ގުޅިގެން ކުންފުނީގެ ހިއްސާގެ އަގު ވެސް މިއަދު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށް މީޑިިއާތަކުން ބުންޏެވެ.