ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގައި މީހެއްގެ ގަޔަށް ވަޅި ހެރި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޒުވާނާ މުއްދަށް ޖެހުމަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމައިފި އެވެ.
ރޭ ހިނގި މާރާމާރީގައި 18 އަހަރުގެ ޒުވާނަކު ވަނީ އުމުރުން 54 މީހަކަށް ވަޅިން ހަމަލާ ދީފައެވެ. މި ހަމާލާގައި އޭނާގެ ކަނާތު މޭމައްޗަށް ވަޅި ހަރާލާފައިވާއިރު، އެނާގެ ކަނާތް ވެސް ވަނީ ޒަޙަމްވެފައެވެ. މި ހަމަލާގައި ޒަޙަމްވި މީހާގެ ފުއްޕާމެއަށް ލޭ އެޅުމުގެ ސަބަބުން އޭނާ މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިއަދު އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިމައްސަ ފުލުހުން މިހާރު ތަހުޤީޤު ކުރަމުންދާއިރު، މައްސަލާގައި ހައްޔަރު ކުރީ ޒުވާނާ ކޯޓަށް ގެންދިއުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މިމައްސަލައިގެ އިތުރުން ރޭ ހިތަދޫގައި 3 މީހެއްގެ ދެމެދުގައި ހިންގި ގްރޫޕް މާރާމާރީއެއްގެ މައްސަލައިގައި ދެމީހަކަށް މުއްދަށް ޖަހާފައެވެ. މި މަރާމާރީގައި މި ތިން މީހުންނަށްވެސް އެކިވަރުގެ ކުދި އަނިޔާތައް ވަނީ ވެފައެވެ.
އައްޑޫގައި މިފަހުން މާރާމާރީގެ މައްސަލަ މަދުވި ނަމަވެސް މިހާރު ދަނީ ކޮންމެވެސް ވަރަކަށް އިތުރުވަމުންނެވެ.