މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާނީ ތިން ވަނަ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި އެ ޕާޓީގެ ޓިކެޓް ރައީސް ކަށަވަރު ކުރެއްވުމާ ގުޅިގެން ޓިކެޓް ރަސްމީކޮށް ރޭ އެ ހަވާލުކުރުމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފު ކުރއްވި ޓްވީޓެއްގައި ވިދާޅުވީ ބައިބައިވެފައި އޮތް އެމްޑީޕީ އަށް މިހާރު ރަައްޔިތުންގެ ތާއީދެއް ވެސް ނެތް ކަމަށާއި އެކަން ރޭގެ ޖަލްސާ އިން ސާފުވެއްޖެ ކަަމަށެވެ.
"ދައްކާނެ ވާހަކައެއް، ވިއްކާނެ ޕްރޮޑަކްޓެއް ނެތުމުން ޖަލްސާގައި [ރޭ] ގޮވީ ގޮސް." އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކޮށް ރައީސް ސޯލިހަށް ތިން ވަނަ ލިބޭ އިރު، އެންމެ ކުރީގައި އޮންނާނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ވެސް ކުރެއްވުމުގައި އުޅުއްވަނިކޮށް ކޮރަޕްޝަނާއި މަލީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީނަށް 11 އަހަރުގެ ޖަކު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 އެވެ. އެއާ އެކީ ޔާމީނަށް އިންތިހާބު ވާދަ ކުރެއްވިދާނެކަމާ ދޭތެރޭ ބޮޑެތި ސުވާލުތަކެއް ހުއްޓަސް، އިދިކޮޅުން ކޯލިޝަނުން ތަކުރާރުކޮށް ބުނަމުން އަންނަނީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އިންތިހާބު އެއްބުރުން އެ މަނިކުފާނު ކާމިޔާބު ވެސް ކުރަވާއްނެ ކަމަށެވެ.

މި އަގަރުގެ ރިޔާސީ އިންތިހާބި އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ. އިންތިހާބުގައި ވާދަކުރައްވަން ނިންވާފައިވާ ބޭފުޅުންގެ ތެރޭގައި އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމާއި އެމްޑީއޭގެ ލީޑަރުގެ އަހުމަދު ސިޔާމް މުހައްމަދު ސަން ސިޔާމު) ގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނިވަޑައިގަންނަވަ އެވެ.