Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ދިވެހިންނަށް ވިސާއާ ނުލައި ޗައިނާ އަށް

ދިވެހިންނަށް މިހާރު ވިސާއާ ނުލައި ޗައިނާ އަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެގޮތުން ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާއަށް ދަތުރުކުރެވޭނެ ގޮތަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރަން ވަނީ ފަށައިފަ އެވެ. މިކަން ރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވިޓެއްގައި ވެސް ހިއްސާކުރައްވާފައިވެ އެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުމަށް މިދިޔަ އަހަރު 50 އަހަރު ވެސް ފުރިފައިވާ އިރު، އެ ގައުމަކީ މިހާރު ރާއްޖޭގެ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ގައުމެކެވެ.

އެގޮތުން މިދިޔަ އަހަރު ދެ ގައުމުން އިތުރު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އެއީ ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުން ކުރިއަށް ގެންދިޔުމާއި އިގުތިސޯދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޗައިނާއިން ރާއްޖެއަށް 62.8 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމާއި ސިނާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގެ އިތުރުން ޗައިއާގެ އެހީގައި ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ އެޕްރީލް 15، 1972 ގަ އެވެ.

ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.