ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމާ ގުޅިގެން އެ ދެ ގައުމަށް އެހިވާން ރާއްޖޭގައި އިއްޔެ "އެއް އުންމަތެކޭ މީ" ގެ ނަމުގައި މިސްކިތްތަކުގައި ފަންޑް ފޮށި ބަހައްޓައިގެން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
އިއްޔެ ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ހުކުރު މިސްކިތްތަކުގަ އި ވެސްހުކުރު ގަޑިއާ ދިމާކޮށް ފަންޑް ފޮށި ބެހެއްޓި އެވެ.
ތުރުކީއާއި ސޫރިއާގެ ބިންހެލުމާއި ގުޅިގެން ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އައިއޭސީއާ @IACMaldives ގުޅިގެން މަދަނީ ޖަމިއްޔާތަކުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުން 1 މިލިއަން ވުރެ ގިނަ ރުފިޔާ ލިބިފައިވޭ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 18, 2023
މި ފަންޑް ރެއިޒިން ކެމްޕޭނަކީ އައިއޭސީ މޯލްޑިވްސް އާއި ރާއްޖޭގެ އެކި ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ހިންގި ފަންޑް ރެއިޒިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ އެއް ޕްރޮގްރާމެވެ. މަދު ގަޑިއިރެއްގެ ތެރޭގައި 1 މިލިއަން އެވެ. އެންމެ ބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށި. އާމީން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 18, 2023
މީގެ ތެރެއިން ލިބުނު ބޮޑު އެހީއާ ގުޅިގެން އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ "އެއް އުންމަތެކޭ މީ" ކެމްޕޭނަކީ މިހާތަނަށް ރާއްޖޭގައި ހިންގި ފަންޑް ރެއިޒިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބިގެން ކެމްޕޭން ކަމަށެވެ.