Last Updated: July 16, 11:54
Thursday, July 16, 2026
މުނިފޫހިފިލުވުން

ޒައިދުގެ "ކައިވެނި" އަލްބަމް މިރޭ

ޝެއިހް އަލީ ޒައިދުގެ "ކައިވެނި" އަލްބަމް މިރޭ ނެރޭ ގޮތަށް ނިންމައިފި އެވެ.

ތާރައާ އެކީ މަދަހަތަކެއް ހިމެނޭ މި އަލްބަމް މިރޭ 9:00 ގައި ނެރެން ނިންމާފައިވާ އިރު، އަލްބަމްގައި ހިމެނޭ މަދަހަތަކުގެ އަޑުތަކާ އެކީ ޓްރެއިލާއެއް ވެސް އާންމުކޮށްފައިވެ އެވެ. އަލްބަމް ނެރޭނީ މެންހަޓަން ހޯލްގައި ބާއްވާ ހަފުލާއެއްގަ އެވެ.

ކައިވެނީގެ ހަފުލާތަކަށް ހާއްސަކޮށްގެން ނެރޭ "ކައިވެނި" އަލްބަމްގައި 16 މަދަހަ ހިމެނޭނެ އެވެ. މި މަދަހަތައް އޭގެ ޔޫޓިއުބް ޗެނެލް މެދުވެރިކޮށް އަޑު އަހައިލެވޭނެ އެވެ.

"ކައިވެނީ" ގެ މަދަހަތައް ކިޔާފައިވާ ފަންނާނުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޝަލަބީ އިބްރާހީމް، މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ)، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އަދި ހުސައިން އަލީ ހިމެނެ އެވެ.

"ކައިވެނި" އަލްބަމްގެ ހުރިހާ މަދަހެއް ވެސް ޒައިދު ކޮމްޕޯޒްކުރެއްވި އިރު، އޭނަގެ އަޑު ވެސް އަލްބަމުން އިވިގެން ދާނެ އެވެ. މި އަލްބަމް އުފެއްދީ އަލް-ކައުން އާއި ކުޑައިއްބެގެ ޓޮނިކް ލައިވް ސްޓޫޑިއޯ ގުޅިގެންނެވެ.